ގައްޒާއަށް އެމަޖެންސީ އެހީފޮނުވަން ފައިސާގެ އެހީދޭން ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި

ފަލަސްތީނުގެ ގައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތު...

20 May 2021 | 04:43

ފަލަސްތީނުގެ ގައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

"ލޯތްބާއިއެކު 2021" ގެ ތެރެއިން އެ ޖަމާއަތުން ހުޅުވާލާފައިވަނީ އެމަޖެންސީކޮށް ފަލަސްތީނަށް އެހީވުމުގެ ފުރުސަތެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ގިނަ ބައެއްގެ އެދުމުގެ މަތިން އެހީވުމަށް ހުޅުވާލާފައިވާ ފުރުސަތު އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ހަރަކާތުން ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ “ލޯތްބާއިއެކު” އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ފަލަސްތީނު ރައްޔިތުންނަށް އެހީފޮނުވުމުގައި ބައިވެރިވެވުނީ ކަމަށެވެ.

“ލޯތްބާއިއެކީ” އެކައުންޓު ނަމްބަރު: 7770000026259

މި ފުރުސަތު ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިދިޔަ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ދިވެހިންގެ އެހީގައި އެ ޖަމާއަތުން ވަނީ ގައްޒާގައި ހާލުގައި ޖެހިފައިވާ އެތައް އާއިލާއަކަށް ކާބޯތަކެއްޗާއި ފައިސާގެ އެހީ ދީފަ އެވެ. އަދި ގައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ގެނެސް ދިނުމަށް ތެޔޮ ހަދިޔާ ކޮށްފައިވެ އެވެ.

މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ހިންގި މިފަދަ ހަރަކާތްތަކުގައި ދިވެހިން ދިން ފައިސާގެ އެހީގައި ވަނީ ރޯދަ މަހު ސީރިއާ އާއި ފަލަސްތީންގެ ގާޒާގައި ދިރިއުޅޭ މުސްލިމުންނަށް ކާބޯތަކެތީގެ އެހީ ފޮނުވާފަ އެވެ. ބައެއް ފަހަރު އަންނައުނުވެސް ފޮނުވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް