ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަވައްޓެރި ސްރީލަންކާ ބޯޑަރު 10 ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.
ބޯޑަރު ބަންދުކޮށް އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށެވެ.
ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރާ ގައުމަކަށް ވާތީ އާއި ގިނަ ދިވެހިން ދިރިއުޅޭ ގައުމަކަށް ވާތީ މިކަން ފޮރިން މިނިސްޓްރީން ވަނީ ދިވެހިންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މުއްދަތުގައި ލަންކާއަށް ދަތުރު ކުރަން ގަސްދުކޮށްފައިވާ މީހުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ގައުމަށް އެތެރެވުން މަނާ ކުރި ނަމަވެސް ލަންކާގައި ތިބި މީހުންނަށް އެެހެން ގައުމުތަކަށް ދަތުރު ކުރެވޭނެ އެވެ.
ސްރީލަންކާއިން މިހާތަނަށް 148،000 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،015 މީހުން މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 121،000 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް