މުއާގެ ސުވާލެއް: އީސަގެ މައްސަލައިގާ ހަމަ އެއްޗެއް ބުނެލާނެ އެމްޕީއަކު ނެތީތޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލައިގައި ހަމަ އެއްޗެއް ބުނެލާނެ އެމްޕީއެއް ވެސް ނެތީތޯ، މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ސުވާލު އުފައްދައިފިއެވެ. ...

19 May 2021 | 19:08

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލައިގައި ހަމަ އެއްޗެއް ބުނެލާނެ އެމްޕީއެއް ވެސް ނެތީތޯ، މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ސުވާލު އުފައްދައިފިއެވެ.

https://twitter.com/muaa_abdulla/status/1395046441165352960

މެމްބަރު އީސަގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުން އެއްޗެއް ވިދާޅުވެފައި ނުވުމުން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް މުއާ ޓްވީޓް ކޮށްފައި މިވަނީ، ގެވެށި އަނިޔާއެއްގެ ތުހުމަތު މެމްބަރު އީސަގެ މައްޗަށް އުފުލާފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަގެ މައްޗަށް ގެވެށި އަނިތާއެއްގެ ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭ 1:30 ހާއިރުއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ.

މި މައްސަލައާ ގުޅިގެން ރޭ ދަންވަރު ފުލުހުންވެސް އެ ގެއަށް ގޮސްފައިވެއެވެ. އީސަގެ ފަރާތުން އަސްރާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް އިން ފަރުވާ ހޯދާފައިވާކަމަށް އެނގިފައިވާ ގޮތުގައި އަސްރާއަށް އަނިޔާކުރީ އެމީހުންގެ ކުޑަ ދަރިފުޅުގެ ކުރިމަތީގައެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އަސްރާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރްޓެކްޝަން ޑިޕާޓްމެންޓްގައި އީސައާ ދެކޮޅަށް ބަޔާންދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް