ބްލޮގާ ޔާމީން ރަޝީދުގެ ބައްޕަ އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދެނީ

ވަރަށް އިހާނެތިކޮށް މަރާލި ދިވެހި ބްލޮގާ ޔާމީން ރަޝީދުގެ ބައްޕަ ހުސެން ރަޝީދު އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ނިއު ދިއްލީއަށް ގޮސްފި އެވެ. ހުސެންނާއި ޙަވާލާ ދީ ދަ ޑައިމްސް އޮފް އިންޑިއާގައި ...

20 May 2017 | 06:36

ވަރަށް އިހާނެތިކޮށް މަރާލި ދިވެހި ބްލޮގާ ޔާމީން ރަޝީދުގެ ބައްޕަ ހުސެން ރަޝީދު އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ނިއު ދިއްލީއަށް ގޮސްފި އެވެ.

ހުސެންނާއި ޙަވާލާ ދީ ދަ ޑައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ރާއްޖޭގައި ސިޔާސީގޮތުން ދޭ އަނިޔާތައް ހައްދުފަހަނައަޅާފައިވާ ކަމަށާއި މިއީ އިންޑިއާ ހިމެނޭ ސަރަޙައްދުގައި ހިނގަމުންދާ ކަމަކަށްވާއިރު އެ ޤައުމުން މިކަން ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެންޖެހޭނެ ކަމަށެވެ.

ޑައިމްސް އޮފް އިންޑިއާއި ވާހަކަދައްކަމުން ހުސެން އިތުރަށް ބުނެފައިވަނީ ޚައްޤައް އަޑު އުފުލުމަކީ ފަހަރެއްގައި ޔާމީން އޭނާ ކައިރިން މިސާލު ލިބިގެން ކުރި ކަމެއްކަމަށްވެސް ވެދާނެ ކަމަށެވެ. ރާއްޖެއިން ބޭރުގައި ހުރެފައި އެނބުރި ގައުމަށްގޮސް އޭނާ އިނގެރޭސި ބަސް ކިޔަވަދޭން ފެށިކަމަށާއި، އަދި ޝޯޝިއަލް ސާރިވިސް އެޕްލިކޭޝަނެއް ހަދާއި 20 ހާސް ޔޫރޯ އޭނާ ހޯދިކަމަށް ހުސެންދިން ބަސްދީގަތުމުގައި ބުނެފައިވެ އެވެ. އަދި އޭނާ މަރުވިއިރު ބްރޫސެލްސްގެ އަންހެން ކުއްޖަކާއި ގާތްގުޅުމެއް އޮތްކަމަށްވެސް ހުސެން ބުންޏެވެ.

ޔާމީންގެ މަރާއި ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފަ އެވެ.

އަމުރުން 29 އަހަރުގެ ޔާމީން މާރާލާފައިވާނީ އޭނާ ދިރިއުޅެމުންދާ މ. ސްޕެޓިއުލާގޭ ސިޑިގޮޅިމަތީގައި ބަޔަކު ވަޅިން ހަމަލާދީގެން އެޕްރީލް 23 ވީ ދުވަހުގެ ވިލޭރޭ ދަންވަރު 02:28 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް