މަންމައަކު އޭނާގެ އަންހެން ދަރިފުޅަށް ރަހިމު ހަދިޔާކޮށްފި

އިންޑިޔާގެ ފުރަތަނަ ރަހިމު ޓްރާންސްޕްލާންޓް ސާރޖަރީގައި އަންހެނަކު އޭނާގެ 21 އަހަރުގެ ދަރިފުޅަށް އޭނާގެ ރަހިމު ހަދިޔާ ކޮށްފި އެވެ. 43 އަހަރުގެ މި އަންހެން މީހާ އޭނާގެ ރަހިމަކާ ނުލާ އުފަންވެފައިވާ ދަރި...

20 May 2017 | 06:31

އިންޑިޔާގެ ފުރަތަނަ ރަހިމު ޓްރާންސްޕްލާންޓް ސާރޖަރީގައި އަންހެނަކު އޭނާގެ 21 އަހަރުގެ ދަރިފުޅަށް އޭނާގެ ރަހިމު ހަދިޔާ ކޮށްފި އެވެ.

43 އަހަރުގެ މި އަންހެން މީހާ އޭނާގެ ރަހިމަކާ ނުލާ އުފަންވެފައިވާ ދަރިފުޅަށް ރަހިމު ހަދިޔާކޮށްފައިވަނީ އޭނާއަށް މަންމައަކަށް ވުމުގެ އުފާ ހޯދަދިނުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިޔާގެ ޕޫނޭގެ ގެލެކްސީ ކެއަރ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ސާރޖަރީ ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ.ޝައިލޭޝް ޕުތަމްބޭކަރު އިސްކޮށް ހުރެ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

އޮޕަރޭޝަނަށްފަހު ޑރ.ޝައިލޭޝް އެ ޤައުމުގެ މީޑިޔާތަކަށް މަޢުލޫމާތު ދިންގޮތުގައި އަންހެންމީހާ އާއި އޭނާގެ ދަރިފުޅުގެ ވެސް ހާލު ރަގަނޅު ކަމަށާއި މި ސާރޖަރީ ކުރުމަށް ނުވަ ގަޑިއިރާއި ތިރީސް މިނެޓް ނެގިކަމަށެވެ. އަދި މި އޕަރޭޝަނަކީ އުދަގޫ އޮޕަރޭޝަނެއްކަމަށްވެސް ޑރ.ޝައިލޭޝް ވަނީ ހާމަކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ މިފަދަ އޮޕަރޭޝަނެއް ކުރި ޑރ.މެޓްސް ބްރެންސްޓްރޮމް ހާމަކުރާގޮތުގައި މިފަދަ އޮޕަރޭޝަންތައްކޮށް ދަރިން ލިބިފައި ތިބީ އަދި މިހާތަނަށް ހަ ދަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް