އެމެރިކާގެ އޮހާއޯގެ އަންހެނަކު އޭނާގެ ދެ ދަރިންގެ ބޮލަށް ބަޑިޖެހުމަށްފަހު ބޭރަށް އެއްލާލިކަމަށްބުނެ ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ޕޮލިހުން ބުނާގޮތުގައި އޭނާ ބަޑިޖަހާފައި ބޭރަށް އެއްލާފައި އޮތީ 8 އަހަރުގެ އަނަހެންދަރިފުޅާއި 6އަހަރުގެ ފިރިހެން ދަރިފުޅެވެ. އޭރު ގޭގައި 11 އަހަރުގެ އަންހެން ދަރިއަކުވެސް ހުރިކަމަށްވެސް ޕޮލިހުން ހާމަކުރެއެވެ.
މި ދެ ކުދިންނަށް ވަގުތުން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދޭން ފަށައިފަ އެވެ. އަދި މި ދެކުދިންގެ ހާލު ވަރަށް ދެރަކަމަށް އެ ހޮސްޕިޓަލުން ވަނި އެމެރިކާގެ މީޑިޔާތަކަށް ހާމަކޮށްފަ އެވެ.
ޕޮލިހުން އިތުރަށް ހާމަކުރިގޮތުގައި އެ އަންހެންމީހާ އަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އެހެންނަމަވެސް އޭނާ އެ ދެ ދަރިން މަރާލުމަށް ބޭނުންވި ސަބަބެއް އެއިން ދޭހަ ނުވާ ކަމަށެވެ.
އެމެރިކާގެ ޕޮލހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް