ފަލަވަމުންވެސް ކުރީ މަލާމާތް، މިހާރު ހިކުނީމަވެސް ކުރަނީ މަލާމާތް: ގަބޯރޭ

"އައި ނީޑް އަ ބޯއިފްރެންޑް. ޕްލީޒް ޓެގް އަ ގުޑް ލުކިން ގާއިސް އޮންލީ." މިހެން ލިޔެފައި ފަލަ އަންހެން ކުއްޖެއްގެ ފޮޓޯޔާއެކު ފޭސްބުކްގައި ދައުރުވާ މީމްއެއް ގިނަ ބަޔަކަށް ވާނީ ފެނިފަ އެވެ. އެ ފޮޓޯއިން އެ...

20 May 2017 | 06:15

"އައި ނީޑް އަ ބޯއިފްރެންޑް. ޕްލީޒް ޓެގް އަ ގުޑް ލުކިން ގާއިސް އޮންލީ." މިހެން ލިޔެފައި ފަލަ އަންހެން ކުއްޖެއްގެ ފޮޓޯޔާއެކު ފޭސްބުކްގައި ދައުރުވާ މީމްއެއް ގިނަ ބަޔަކަށް ވާނީ ފެނިފަ އެވެ. އެ ފޮޓޯއިން އެ ފެންނަނީ ކާކުކަން އިނގޭތަ؟

އެއީ އެމެރިކާގެ ފިލްމީ ތަރިއެއް ކަމަށްވާ ގަބޯރޭ ސިޑްބޭ އެވެ. ސިޑްބޭ ވަނީ 2016 ވަނަ އަހަރު މޭ މަހުގެ ތެރޭގައި އޭނާގެ ބަރުދަން ލުއި ކުރުމަށް ސާޖަރީއެއްކޮށްފަ އެވެ. ޕީޕަލްސް މެގަޒިންނަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެ ސާޖަރީކުރަންޖެހުމުން ވަރަށް އުނދަގޫތަކާއި ކުރިމަތިވި ކަމަށާއި އަދި އެއީ އޭނާގެ އަމިއްލަ ދިރިއުޅުމާއިބެހޭ ކަމެއް ކަމަށެވެ.

ސިޑްބޭ ސާޖަރީކުރިތާ މިހާރު އަހަރެއްވެފައިވާއިރު އޭނާ ދާދިފަހުންވަނީ އޭނާ ބަރުދަން ލުއިކުރުމުން މީހުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ބަރު ނުވަތަ ފަލަ މީހަކު ލުއިވުމުން ނޫނީ ހިކިވުމުން މީހުންގެ ތަޢުރީފް އެ ފަރާތަކަށް ރައްދުވާނެ އެވެ. ނަމަވެސް ސިޑްބޭއަށް ކަންދިމާކުރީ އެހެނެއް ނޫނެވެ. ހިކުމުންވެސް ގިނަބައެއްގެ މަލާމާތް ރައްދުވި އެވެ.

ސިޑްބޭ  ނޭޝަނަލް ރޭޑިއޯ ޕަބްލިކްއަށް ދިން އިންޓަވިއުއެއްގައި ބުނީ ސާޖަރީކުރުމުގެ ކުރިން އޭނާ ފަލަވުމުން މީހުން އަބަދުވެސް ހިކެން އުޅޭށޭ ބުނާކަމަށާއި މިހާރު ހިކުމުން އޭނާ މާ ބޮޑަށް ހިކެނީ ކަމަށް މީހުން ބުނަމުން އަންނަ ކަމަށެވެ.

"އެކްޓަރަކަށް ވުމުން ހަށިގަނޑު ދުޅަހެޔޮގޮތުގައި (ފަލަ ނޫންކޮށް) ބެހެއްޓުމަކީ މުހިންމު ކަމެއް. ސަބަބަކީ އާންމުގޮތެއްގައި ޓިވީ އަދި ފިލްމުތަކުގައި މަސައްކަތްކުރާ މީހުން އެގޮތަކަށް ނުތިބޭ. އަހަރެން މީ ޕްލަސް ސައިޒް މީހެއް. އަހަރެން ކަޅު، އަދި އަހަރެންނަކީ ވަރަށް ރީތި މީހެއްވެސްމެ އެކަމަކު މީހުން އަހަންނަށް މަލާމާތްކުރޭ. އަހަރެން ހިކުނީ ޞިއްޚީ ސަބަބުތަކަށްޓަކައި. މިހާރު ހިކުމުން މީހުން ބުނަނީ މޫނުމަތިން އަހަރެންގެ އަސްލު ސޫރާ ގެއްލެމުންދާ ކަމަށް." ސިޑްބޭ ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

ފަލަވެ މިހާ ބަރުވުމުން (ޚާއްޞަކޮށް އަންހެނުންނަށް) މުޖުތަމަޢުގައި ބޮޑެތި ފާޑުކިޔުންތައް އަބަދުވެސް އަމާޒުވެ އެވެ. ބައެއް ފަހަރު މީހެއްގެ ރީތިކަމާއި ޞިއްޚަތައް ބަލާއިރުވެސް މުޖަތަޢުގައި މީހުން ބަލަނީ އެމީހެއް ހުންނަ ސައިޒަށެވެ.

"މިއީ އަހަރެންގެ އުމުރުން ގާތްގަނޑަކަށް 5 އަހަރުން ފެށިގެން ހުންނަ ގޮތްކަން އިނގޭތަ؟ މިހާރު 30 އަހަރު މިވީ މީހުން މީހުންގެ މަލާމާތް ރައްދުވާތާ. މީއީ އަހަރެންގެ ހަށިގަނޑު. އަހަންނަށް އިނގޭނީ ހަދާނެގޮތެއް. ޝުކުރިއްޔާ." ސިޑްބޭ އިންޓަވިއު ނިންމާލަމުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް