ޔޫތު މިނިސްޓަރަކަށް ޒުހޫރު ހެލްތު މިނިސްޓަރަކަށް އިރުތިޝާމް

ރައީސުލްޖުމްހޫރިއްޔާ،‏ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާގައި ކުރިން ހުންނެވި މަލީހް ޖަމާލް ވަކިކޮށް އެ މަގާމަށް  ހެންވޭރު ‏‏މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޡުހޫރާއި، ‏ މިނިސްޓަރ އޮފް ހެލްތު...

20 May 2015 | 07:15

ރައީސުލްޖުމްހޫރިއްޔާ،‏ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާގައި ކުރިން ހުންނެވި މަލީހް ޖަމާލް ވަކިކޮށް އެ މަގާމަށް  ހެންވޭރު ‏‏މާބަނޑޭރިއާގެ އަލްފާޟިލް އަޙްމަދު ޡުހޫރާއި، ‏ މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ‏‏އޯކިޑުގޭ އިރުތިޝާމް އާދަމް ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ.

‏މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ‏‏ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

‏ ‏އަލްފާޟިލާ ‏އަލްފާޟިލް އަޙްމަދު ޡުހޫރާއި، އަލްފާޟިލާ ‏‏އިރުތިޝާމް އާދަމް ‏‏ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ‏‏ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ ‏‏މަޖިލީހުގެ ‏‏މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް