ދިރާގު ފުވައްމުލައް ރަން 2025ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަނީ

ދިރާގު ފުވައްމުލައް ރަން 2025 (ޑީ.އެފް.އާރ) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ. ދިރާގުން ބުނެފައިވާގޮތުގައި ޑީ.އެފް.އާރގެ ބިބް އެކްސްޕޯ ކުރިއ...

20 Apr 2025 | 05:04

ދިރާގު ފުވައްމުލައް ރަން 2025 (ޑީ.އެފް.އާރ) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި ޑީ.އެފް.އާރގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އިން 21 އެޕްރީލް 2025 އަށް އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރެވިގެންދާނެއެވެ.

މި ގޮތުން، ބިބް އެކްސްޕޯ ކުރިއަށްދާނީ:

  • މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

މި ދެ ދުވަހަށް ފަހު، ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކު ސިޓީގައި 30 އެޕްރީލް އިން 1 މޭ 2025އަށް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައި ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެއީ:

  • ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
  • މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތުވަނީ ދިރާގުން ފަހިކޮށްދީފައެވެ.

ދިރާގުން ބުނެފައިވާގޮތުގައި ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިންގ ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި، ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައި.ޑީ ކާޑް (ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ.

ޑީ.އެފް.އާރ 2025 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dfr.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް