މިރޭ ތިން މިނެޓެއްހާއިރަށް ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފް އިން ބުނެފައިވަނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގައި މިރޭ، ފަރުކޮޅުފުށީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށާއި ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 09:30 އިން ފެށިގެން ތިން މިނެޓެއްހާއިރަށް ކަމަށެވެ.
ވިޔަފާރި އުސޫލުން މި މޭރުމުން ހަވާއަރުވާއިރު އެކަމުގެ މައުލޫމާތު ދުރާލާ ސިފައިން އާއްމުކުރަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް