ޑްރޯން ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަން ކާމިޔާބު – ދޯނި ހޯދައިފި

ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ދެންމެ ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފް އިން ބުނީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ...

20 Apr 2024 | 11:54

ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ދެންމެ ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފް އިން ބުނީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެމަގުން އެމްއެންޑީއެފް އިން ކުރަމުންދިޔަ މަސައްކަތުން ދޯނި ފެނިފައިވާކަމަށެވެ.

"މި ދޯނި ފެނިފައިވަނި ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައިވަނިކޮށް" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ދޯނީގައި ތިބި ތިން މީހުންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

"ފަރިހި 2" ނަމަކަށް ކިޔާ މި ދޯންޏަކީ އިއްޔެ މ. މަޑުއްވަރީން ފުރައިގެން ތިން މީހުންނާއެކު ފަރުމަހަށް ނިކުތް ދޯންޏެކެވެ. ދޯނީގެ ހަބަރެއް ނުވެގެން ދޯނި ހޯދުމުގެ އޮޕަރޭޝަން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް