މެކްސިކޯ މޭޔަރު އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަރަނީ – އިއްޔެ އެކަނިވެސް ދެ ކެންޑިޑޭޓަކު މަރާލައިފި

ޖޫން މަހު މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މޭޔޮރަލް އިންތިހާބުގައި އެކި ސަރަހައްދުތަކުން ވާދަކުރާ ކެންޑިޑޭޓުން މެރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެއްޖެއެވެ. އެގޮތުން އިއްޔެ އެކަނިވެސް ދެ...

20 Apr 2024 | 09:53

ޖޫން މަހު މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މޭޔޮރަލް އިންތިހާބުގައި އެކި ސަރަހައްދުތަކުން ވާދަކުރާ ކެންޑިޑޭޓުން މެރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެއްޖެއެވެ.

އެގޮތުން އިއްޔެ އެކަނިވެސް ދެ ކެންޑިޑޭޓަކު މަރާލާފައިވާކަމަށް ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓަކު ކަތިލައި މަރާލާފައި އޮއްވާ މަގުމަތިން ފެނުނު އިރު އަނެއް ކެންޑިޑޭޓަކީ މީގެ ދެ ދުވަސް ކުރިން ރަހީނުކުރި ކެންޑިޑޭޓެއް ކަމަށާއި އެ ކެންޑިޑޭޓުވެސް ފެނުނީ މަރާލާފައި އޮއްވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޖޫން 2ގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މަހެއް ދެމަހެއްހާ ދުވަސްތެރޭގައި މަރާލާފައިވާ ކެންޑިޑޭޓުންގެ އަދަދު މިވަނީ 17 އަށް އަރާފައެވެ.

މެކްސިކޯގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުގައި މި މެރުންތައް މަރަނީ އެ ގައުމުގެ ޑްރަގް ކާޓެލްތަކުންނެވެ. ސިޓީ، ސްޓޭޓްތަކަށް އެމީހުންގެ ބޭނުން ކެންޑިޑޭޓަކު ނުގެނެވޭނަމަ އެމީހަކު ރަހީނުކުރަނީއެވެ. ނޫނީ މަރާލަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް