ދެމީހަކާއެކު މިރޭ ގެއްލިގެން ހޯދަމުން އަންނަ ދޯނި ހޯދުމަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އުދުއްސާލާފައިވާކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މަޑުއްވަރީން ދެމީހަކު މަހަށްފުރި ދޯންޏެކެވެ.
ދުވަހަށް އެ ރަށުން މައުލޫމާތުދިން މީހަކު ކުރިން ބުނީ ދެ ޒުވާނަކު މިއަދު މެންދުރެއްހާއިރު އެ ދޯނީގައި މަހަށްފުރީ މިރޭ އަށެއްޖަހާކަންހާއިރު އެނބުރި އައުމަށް ނިންމައިގެންނެވެ. ރިޕޯޓްކުރީ ހަބަރެއް ނުވުމުން ކަމަށް އޭނާ ބުންޏެވެ.
ދޯނި ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނީ ކުރަމުންކަމަށް އެ ދެ މުއައްސަސާއިންވެސް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް