ދެމީހަކު މަހަށްފުރި ކުޑަ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
މ. މަޑުއްވަރީން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ ދެމީހަކު ދޯނީގައި މަހަށްފުރީ މިއަދު މެންދުރެއްހާއިރު ކަމަށާއި ފުރީ މިރޭ އަށެއްޖަހާއިރު އެނބުރި އައުމަށް ނިންމައިގެން ކަމަށެވެ.
"ޚަބަރެއް ނުވެގެން އުޅެނީ، އަށެއް ޖަހާއިރު އަންނަން ފުރިބައެއް އެއީ، މިހާރު އެމްއެންޑީއެފަށް ވާނީ އަންގާފައި" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
އެފަރާތުން ބުނީ ހާސް ނުވުމަށް އެމްއެންޑީއެފުން ބުނި ކަމަށާއި އަދި ދޯނި ރާޑަރަށް އަރާނެކަމުގައިވެސް އެމްއެންޑީއެފުން ބުނި ކަމަށެވެ. ޑްރޯންގެ އެހީގައި ނުހޯދާނެތޯ އެހުމުން އަދި އެހިސާބަށް ދާން ނުވާކަމުގައި އެމްއެންޑީއެފުން ބުނި ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
މިކަމުގައި އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް