މިއަދަކީ މި ހިނގާ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި މާދަމައަކީ ސައްވާލުމަހުގެ ފުރަތަމަ ދުވަސް ކަމަށާއި އަދި މާދަމައަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހަނދު ސާބިތު ކުރުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާ އިސްލާމީ ހުރިހާ ގައުމަކަށް ސައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ސާބިތުވާތީއާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާކަމަށް ރަސްމީކޮށް އަންގާފައިވާތީ މާދަމައަކީ ފިޠުރު ޢީދުގެ ފުރަތަމަ ދުވަސް ކަމަށެވެ.
ބަރަކާތްތެރި ރަމަޟާން މަސް ނިމި އުފާވެރި ފިޠުރު ޢީދަކަށް އަހަރެމެން ދާއިރު، ދުވަހުގެ އެންމެހާ ކިޔުންތެރިންނަށް ދުވަހުގެ ނިއުސް ރޫމްގެ ފަރާތުންނާއި ދުވަހުގެ މެނޭޖްމަންޓްގެ ފަރާތުން އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ.
ޢީދު މުބާރަކް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް