ހޯނޑެއްދޫ ފެނަށް ޖެހި ފެން ހަދިޔާ ކުރަން އެދިއްޖެ

ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން އެ ރަށު ކައުންސިލުން މިއަދު އެދިއްޖެއެވެ. މިކަން ހާމަކޮށް ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވާރޭނުވެހި ގިނަދުވަސް ވުމާ ގުޅި...

20 Apr 2023 | 11:03

ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން އެ ރަށު ކައުންސިލުން މިއަދު އެދިއްޖެއެވެ.

މިކަން ހާމަކޮށް ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވާރޭނުވެހި ގިނަދުވަސް ވުމާ ގުޅިގެން އެ ރަށު އާންމު ތާނގީތަކުންނާއި ބައެއް ގޭގޭގެ ތާނގީ ތަކުން ވާރޭފެން ހުސްވެފައިވާ ކަމަށެވެ.

އަދި އެގެތަކުގެ ރައްޔިތުން ފެން ނަގަމުން ދަނީ ވާރޭފެން ހުސްނުވާ ގެތަކުން ކަމަށް ވެސް އެ ކައުންސިލުގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ހޯނޑެއްދޫ ގައި މިވަގުތު ރައްކާކޮށްފައި ހުރި ވާރޭފެން ހުސްވުމާ ގާތަށް ގޮސްފައިވާ ކަމަށާއި އެރަށުގެ އާންމު ރައްޔިތުންނަށް ބޯފެން ހަދިޔާކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

މިގޮތުން ބޯފެން ހަދިޔާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުއާޒް މުހައްމަދު އަދި ކައުންސިލް އެގްޒެކެޓިވް އިނާޔަތުﷲ އަބްދުއްސައްތާރަށް ގުޅައިގެން އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ހޯނޑެއްދޫ އިން ފެން ހުސްވެ އެރަށް ފެނަށް ޖެހިފައިވާތީވެ، މިކަމަށް އިޝާރަތް ކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް