އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން އުރީދޫ ޢީދު ސައި ކުރިއަށްގެންދަން ނިންމައިފިއެވެ.
އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި މި ހަރަކާކަތަކީ ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި ކަމުގައި އުރީދޫއިން ބުނެއެވެ.
އުރީދޫ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ބައްލަވައިގަނެވޭނެއެވެ. މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދއެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މީގެ އިތުރުން ޢީދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫއިން ކުރިއަށްގެންދާ ތަފާތު ހަރަކާތްތައް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިއަށްދާނެކަމުގައި އުރީދޫއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް