1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު 18:00އާއި ހަަމައަށެވެ. އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރިޕޭއިންނެވެ.
ރަމަޟާންމަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމް ތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައި ވަނީ މެދުކަނޑާލާފައެވެ.
ބަނޑޭރިޕޭ: https://bandeyripay.finance.gov.mv
ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ. ފައިސާ އިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް މިނިސްޓްރީގެ ހޯލުންނެވެ.
އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް