ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކަށް

މި އަހަރު ދިވެހިން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ތިން ކުންފުންޏަކަށް ދީފިއެވެ. އެ ތިން ކުންފުންޏަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ސިސިލްފަރު ހ...

20 Apr 2023 | 07:44

މި އަހަރު ދިވެހިން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ތިން ކުންފުންޏަކަށް ދީފިއެވެ.

އެ ތިން ކުންފުންޏަކީ

  1. އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  2. ސިސިލްފަރު ހައްޖު އެންޑް އުމްރާ ކޮމްޕެނީ
  3. އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

މި ތިން ކުންފުންޏަށްވެސް ދީފައިވަނީ 90 ހައްޖު ކޯޓާއެވެ.

ހުއްދަ ދީފައިވާ އަގުތައް

  • އަލްހަރަމައިން  - 75250
  • ސިސިލްފަރު – 75465
  • އަލްމަނާސިކް – 75000

މި އަގުތަކަށްވުރެ އިތުރަސް ކުންފުނިތަކުން އަގު ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް ހައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ މަނާކަމެއް ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ތިން ކުންފުންޏަށް އެކު ޖުމްލަ 270 ހައްޖު ކޯޓާ ކުންފުންޏަކަށް 90 ކޯޓާގެ މަގުން ދީފައިވާއިރު މި އަހަރު ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 1000 ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް