ބޭނުންވާނެ ތަކެތި
- 2/1 2 ޖޯޑު ފިނިކުރި ފެން
- 4/1 1 ޖޯޑު ހަކުރު
- 500 ގްރާމް އަނބު
- 2 މޭޒުމަތީ ސަމުސާ ޖެލަޓިން
- 1 ޖޯޑު ކުރީމް
- 1 ސައިސަމުސާ ލުނބޯ ހުތް
ހައްދަވާނެ ގޮތް
ދެބައި ކުޅަ އެއްބައިގެ ފެން އަދި 4/3 ހަކުރު މަޑު ގިނީގައި ހަކުރު ވިރެންދެން ކައްކަވާލައްވާ.އަލިފާން ނިވާލުމަށްފަހު މިކްސަރުން ކުޑަކޮށް އަނބުކޮޅު ގިރާލެއްވުމަށްފަހު ހަކުރުފެނުގެ ތެރެއަށް އަޅުއްވާ. ބޭނުންފުޅުވާނަމަ އަނބު އަދި ހަކުރު ފެނާއެކީ އިތުރަށް މިކްސަރުން ގިރާލެވިދާނެ.ބާކީ ހުރި ފެންފޮދު ކައްކަވާލެއްވުމަށްފަހު ބާކީހުރި ހަކުރުކޮޅު، ލުނބޯ ހުތް އަދި ޖެލަޓިން އަޅުއްވާ އެއްކޮށްލައްވާ.ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރެވުނީމައި ކުރިން ހެއްދެވި އަނބު މިކްސް އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ. ޓުރޭ ނުވަތަ ތަށްޓަކައް އެޅުމަށް ފަހު އައިސް އަލަމާރީގައި ދެ ގަޑި އިރުވަރުވަންދެން ބަހައްޓަވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް