ފިތުރު ޒަކާތް އޮންލައިންކޮށް މިވަގުތު ދެއްކޭނީ ބަނޑޭރި ޕޭ މެދުވެރިކޮށް އެކަނި ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ފިޠުރުޒަކާތް ބަލައިގަތުން ބަނޑޭރިޕޭ ފިޔަވާ އެހެން ޕްލެޓްފޯމްތަކުން 27 ރަމަޟާން 1444 (މިއަދާއި ހަމައިން) ވަނީ މެދުކަނޑާލެވިފައި ކަމަށެވެ.
ބަނޑޭރިޕޭ މެދުވެރިކޮށް ޒަކާތް ދެއްކުމަށް:
- ބަނޑޭރިޕޭ ވެބްސައިތް https://bandeyripay.finance.gov.mv އަށް ޒިޔާރަތް ކުރުން
- އޭޖެންސީ ޑްރޮޕްޑައުން އިން Ministry of Islamic Affairs ހިޔާރު ކުރުން
- އެއަށްފަހު ތިރިން Payment For ޑްރޮޕް ޑައުން އިން Fitr Zakat ހިޔާރު ކުރުން
- އެއަށްފަހު އަތޮޅާއި ރަށް، ނަމާއި އައިޑީ ކާޑު ނަމްބަރު އަދި އެޑްރެސް ގޮޅި ފިލް ކުރުމަށްފަހު ޒަކާތް ދައްކާ ގޮތް ހިޔާރު ކުރުން އަދި ކިތައް މީހުންނަށްކަން ހިޔާރު ކުރުން
- އެއަށްފަހު ފައިސާ ދައްކާ މީހާގެ ނަމާއި ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފިލް ކުރުމަށްފަހު ރީ-ކެޕްޗާ ވެރިފައި ކޮށްލުމަށްފަހު Submit ކޮށްލުން
- އެ ހިސާބުން ޕޭ ކުރުމަށް މެއިލް އެއް ދާނެ، އެ މެއިލްގައިވާ "PayNow" އަށް ކްލިކް ކޮށްލުމުން ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަށްޓަށް ވާސިލުވެވޭނެ
ބަނޑޭރިޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް ބަލައިގަންނާނެ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް