މަޑިފުށި ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ޕަވަރޭ އިންވެސްޓްމެންޓަށް

ތ.މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފިއެވެ. މަޑިފުށީ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނ...

20 Apr 2022 | 16:29

ތ.މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފިއެވެ.

މަޑިފުށީ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ.

މަޑިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަކީ 9.1 މިލިއަން ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢޫއެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.

ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް