ބިދޭސީން މަސްވެރިކަމުގައި ގެންގުޅުމަށް ކޯޓާއަށް އެދުން އަންނަނީ އިތުރުވަމުން: މިިނިސްޓަރު ފައްޔާޒް

ބިދޭސީން މަސްވެރިކަމުގައި ގެންގުޅުމަށް ކޯޓާއަށް އެދުން އިތުރުވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤ...

20 Apr 2022 | 16:27

ބިދޭސީން މަސްވެރިކަމުގައި ގެންގުޅުމަށް ކޯޓާއަށް އެދުން އިތުރުވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އިޤްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މަސްވެރިކަން ކުރާ ދިވެހިންގެ ޢަދަދު ދަށްވަމުންދާތަން ފެންނަމުންދާ ކަމަށެވެ.

އަދި އެކަން އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީންގެ ކޯޓާ ހޯދުމަށް އަންނަ އޮޑިވެރިންގެ ޢަދަދުން ހާމަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނީ މަސްދޯނިފަހަރު ތަޢާރަފްވަމުން އައިނަމަވެސް، މަހަށްދާނެ ދިވެހިން ނުވެގެން ބައެއް އޮޑިފަހަރު މަހަށް ނުފުރާކަމުގެ ޝަކުވާވެސް ލިބެމުން އަންނަކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައިވާ ގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދޯނި ފަހަރުގައި ބިދޭސީން ލައްވާ މަސްވެރިކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ދޯނީގެ އިތުރު މަސައްކަތްތަކުގައި އެހީތެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް