މަކުނުދޫއާ އިންނަމާދޫ ސްކޫލުގެ މަލްޓިޕާޕަސްހޯލް އިމާރާތް ކުރަން އެއިމް ކޮންސްޓްރަކްޝަނަށް

ހދ.މަކުނުދޫ ސްކޫލާއި ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފިއެވެ. މި ދެ ސްކޫލްގެ މަސައްކަތްވެސް ހަވާލުކުރެވިގެން މިދިޔ...

20 Apr 2022 | 10:46

ހދ.މަކުނުދޫ ސްކޫލާއި ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފިއެވެ.

މި ދެ ސްކޫލްގެ މަސައްކަތްވެސް ހަވާލުކުރެވިގެން މިދިޔައީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ  ދެ މަޝްރޫޢު ކަމަށެވެ.

މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަކީ 12.8 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢޫއެކެވެ.

މީގެ އިތުރުން އިންނަމާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަކީ 11.3 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢޫއެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ.

އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް