ހުޅުމާލެ ފޭސް 2 ގައި ދެ ސުކޫލެއް ގާއިމްކުރުމަށް ބިން ދިނުމަށް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ.
އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ދޫކުރާ N5-32 ޕްލޮޓަކީ 60720.88 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެ ތަނުގައި 1200 ކުދިންގެ ޖާގައިގެ ސްކޫލެއް އެޅޭނެ ކަމަށް ބުނެ އެވެ.
ދެވަނަ ސްކޫލް އަޅަން ދޫކޮށްފައިވާ N4-23 ޕްލޮޓަކީ 65534.61 އަކަފޫޓުގެ ބިމެކެވެ. އެތަނުގައި 1500 ކުދިންގެ ޖާގައިގެ ސްކޫލެއް އެޅޭނެ އެވެ.
ސަރުކާރުން ހިންގާ ހަތަރު ސްކޫލް އެޅުމަށް މިހާތަނަށް ފޭސް2ން ބިން ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ސްކޫލަކީ ހިޔާ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް