ފުރަތަމަ 15ގައި ރޯދަ ނުހިފުމުގެ ފަސް މައްސަަލަ

މި ހިނގާ ރޯދަމަހުގެ ފުރަތަމަ 15 ދުވަސް ނިމިފައިވާއިރު ފުރަތަމަ 15ގައި ރޯދަ ނުހިފުމުގެ ފަސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ ފުރަތަމަ 15ގ...

20 Apr 2022 | 08:21

މި ހިނގާ ރޯދަމަހުގެ ފުރަތަމަ 15 ދުވަސް ނިމިފައިވާއިރު ފުރަތަމަ 15ގައި ރޯދަ ނުހިފުމުގެ ފަސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފުރަތަމަ 15ގެ ތަފާސްހިސާބުގައެވެ.

އެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ރޯމަހުގެ ފުރަތަމަ 15ގައި މިފަދަ 10 މައްސަލައެއް ހުށަހެޅިފައިވެއެވެ. އެހެންކަމުން މި ރޯދަމަހު މިފަދަ މައްސަލަ ހުށަހެޅޭލެއް މިވަނީ ދެގުނަ މަދުވެފައެވެ.

ފުރަތަމަ 15ގެ ތަފާސްހިސާބަށް ބަލާލާއިރު ހަމަލާ ނުވަތަ އަނިޔާ ދިނުމުގެ 85 މައްސަލަ،  ވައްކަމުގެ 287 މައްސަލަ، ފޭރުމުގެ 25 މައްސަލަ، މަސްތުވާތަކެތީގެ 158 މައްސަލަ، ޖިންސީ ގޯނާގެ 16 މައްސަލަ، ގެވެށި އަނިޔާގެ 26 މައްސަލަ، ކައުންޓަފީޓް އަދި ފޯޖަރީގެ ހަ މައްސަލަ އޮޅުވާލުމުގެ 60 މައްސަލަ ސައިބަރ ކްރައިމްގެ 22 މައްސަލަ ގަސްތުގައި އަލިފާން ރޯކުރުމުގެ ތިން މައްސަލަ، އަލިފާނާ ގުޅޭ 11 މައްސަލަ، ގަސްތުގައި މީހަކު މެރުމުގެ އެއް މައްސަލަ، ޓެރަރިޒަމް އެއް މައްސަލަ، ތަކެއްޗަށް ނުވަތަ މުދަލަށް ގެއްލުންދިނުމުގެ 65 މައްސަލަ، ބިރުދެއްކުމުގެ 53 މައްސަލަ، ބްލެކްމެއިލް ކުރުމުގެ ހަ މައްސަލަ، ޓްރެފިކް އެކްސިޑެންޓްގެ 148 މައްސަލަ، އިތުރު ކެޓަގަރީތަކަށް ފެތޭ 346 މައްސަލަ ހިމެނޭހެން ޖުމްލަ އެކު 1324 މައްސަލަ ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް