އަންނަ އަހަރަކީ ޝާހްރުކް ހާންގެ އާއިލާއަށް މަސައްކަތް ގިނަ އުންމީދީ އަހަރަކަށް ވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ޝާހްރުކް ހާންގެ ކާމިޔާބު ފިލްމީ ހަޔާތުގައި ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާއިރު އަންނަ އަހަރު އިތުރު ފިލްމަތަކަކުން ފެންނަން ތައްޔާރުވަމުން ދަނީ ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ 2018 ވަނަ އަހަރު ރިލީޒް ކުރި "ޒީރޯ" އިންނެވެ.
އަންނަ އަހަރު ޝާހްރުކަށް މުހިންމު ވަރަށް އެއާއިލާގެ އުންމީދު ތަކެއް 2023 ވަނަ އަހަރާއި ވަނީ ގުޅިފަ އެވެ. އެއީ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ފުރަތަމަ ފަހަރަށް ޑައިރެކްޓު ކުރުމާއި އަންހެން ދަރިފުޅު ސުހާނާ ހާން ފިލްމީ ދާއިރާއަށް އަންނަ އަހަރު ނުކުންނާތީ އެވެ.
އާރްޔަން ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ވެބް ސީރީޒް އެކެވެ. މީގެ އިތުރުން އޭނާ ދަނީ ފިލްމެއް ލިޔެ ޑައިރެކްޓު ކުރަންވެސް ތައްޔާރުވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އާރްޔަންގެ ވެބް ސީރީޒް އަންނަ އަހަރުގެ އޭޕްރިލް މަހު ދައްކަން ފަށާނެ ކަމަށް ވަނީ އެމޭޒޮން ޕްރައިމް ވީޑިއޯއިންނެވެ.
ސުހާނާ ތައްޔާރުވަމުން ދަނީ ޒޯޔާ އަހްތަރުގެ "ދި އާޗީސް" އަށެވެ. މި ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސްއިންނެވެ.
މި ސީރީޒްއިން ސުހާނާގެ އިތުރުން އަމީތާބު ބައްޗަންގެ ކާފަދަރިފުޅު އަގަސްޓްޔާ ނަންދާ އާއި ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުށީ ކަޕޫރުވެސް ފިލްމީ ދާއިރާއަށް ނުކުންނާނެ އެވެ.
ޝާހްރުކްގެ މަސައްކަތްތަކަށް ބަލާއިރު ދީޕިކާ ޕަދުކޯން އާއި އެކު ފެނިގެންދާނެ ފިލްމު "ޕަތާން" އާއި ފިލްމު "ދުންކީ" ގެ އިތުރުން ޑައިރެކްޓަރު އެޓްލީ ކުމާރުގެ ފިލްމެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ތިން ފިލްމުވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް