ފުލުހުން ފޮނުވައިގެން ޔާމީން ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގަން ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ "އިންޑިއާ އަައުޓް" ބެނާ ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްއިން ބ...

20 Apr 2022 | 06:45

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ "އިންޑިއާ އަައުޓް" ބެނާ ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން ބުނީ އެ ބެނާ އެމަނިކުފާނުގެ ގެ ކޮޅުކަމަށްވާ ހ. ދޫވެހީގައި ދެމީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމްގެ އޮފީސް ހިމެނޭ ހ. ހުރަފަ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފަ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ގުޅޭ ގޮތުން ބަދުބަސް ބުނެ މާލޭގެ ބޮޑެތި އިމާރާތްތަކުގައި ބެނާ ނެގުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެކެވެ. އަދި އެއީ އާންމު މަސްލަަހަތާ ވެސް ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަގުތުން ވަގުތަށް އެ ބެނާ ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށެވެ.

ނަޝީދު މިވާހަކަ ދެއްކެވީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ އިންޑިއާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސަރުކާރު އަޑު އުފުލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި މައްސަލަ އެކެވެ.

މީގެ ކުރިންވެސް ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް