އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ކާޖަލް ވިހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 36 އަހަރުގެ ކާޖަލް އަށް ލިބުނު މިއީ ފުރަތަމަ ދަރިއެވެ.
ރާއްޖޭގައި ހަނީމޫން ހެދި ކާޖަލް އާއި އޭނާގެ ފިރިމީހާ، ގޯތަމް ކިޗްލޫ ކައިވެނިކުރީ 2020 ގަ އެވެ.
ކާޖަލް ބަނޑުބޮޑުކަން އަންގާފައިވަނީ އޭނާގެ ފިރިމީހާ އިންސްޓަގްރާމުގައި ޖެހި ބަނޑުބޮޑު އަންހެނެއްގެ އިމޯޖީއަކުންނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ކާޖަލް ވަނީ އޭނާ ބަނޑުބޮޑުއިރު ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ.
ކާޖަލް ކުޅުނު މަޝްހޫރު ފިލުމުތަކަށް ބަލާއިރު އަޖޭ ދޭވްގަންގެ ފިލްމު "ސިންގަމް" އަދި ޖޯން އަބްރަހަމްގެ "މުމްބާއީ ސާގާ" ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް