މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޓީޑީސީ ހުޅުވާލާފައިވަނީ އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ފަސް ޑިރެކްޓަރުންގެ މަގާމަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 28 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެމްޓީޑީސީން ބުނީ ކުރިމަތިލާ މީހުން ވާން ޖެހޭނީ 18 އަހަރުން މަތީގެ މީހަކަށް ކަމަށާއި އޭނާ އަކީ ކުންފުނީގެ 50 ހިއްސާ ވެސް އޮތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
އަދި އެ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް ވެސް އޮތް މީހުންނަށް ވާން ޖެހޭނެ ކަމަށާއި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑްތަކުގައި ނުހިމެނޭ މީހުންނަށް ވެސް ވާން ޖެހޭނެ އެވެ.
އެމްޓީޑީސީން ބުނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ހޮވައި މި އަހަރު އަހަރީ އާންމު ޖަލްސާގައި ނަންތައް އާންމުކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް