ޢީދު ބަންދަށް ހަތަރު ދުވަސް ދޭން ސައޫދީ ސަރުކާރުން ނިންމައިފި

ފިޠުރު ޢީދު ބަންދަށް ހަތަރު ދުވަސް ދޭން ސައޫދީ ސަރުކާރުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ. އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ސައުދީ ސަރުކާރު ބަންދު ވާނެ އެވެ...

20 Apr 2022 | 05:33

ފިޠުރު ޢީދު ބަންދަށް ހަތަރު ދުވަސް ދޭން ސައޫދީ ސަރުކާރުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

އެގޮތުން މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ސައުދީ ސަރުކާރު ބަންދު ވާނެ އެވެ.

މި ދުވަސްތަކުގައި ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓާ އާއި ސްކޫލުތަކަށް ޗުއްޓީ ދިނުމަށް ސައޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާ ސައޫދީ ސަރުކާރުން މިކަން ހާމަކޮށްފައިވާއިރު އިތުރަށް ބުނެފައިވަނީ މި ނިންމުމަށް އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާއިން ބޯލަބަންޖެހޭނެ ކަމަށާއި ނޫންނަމަ ފިޔަވަޅު އަޅާނެ ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް