އަޒްކީގެ އާ ވާހަކައެއް މާދަމާ ފަށަނީ

ކުރިއަރަމުން އަންނަ ވާހަކަލިޔުންތެރިޔާ އަޒްކީގެ އާ ވާހަކައެއް ދުވަސް ނޫހުގައި މާދަމާ ފަށަން ނިންމައިފިއެވެ. އަޒްކީގެ ވާހަކަތަކަކީ ކިޔުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ ވާހަކަތަކެެކެވެ. ...

20 Apr 2022 | 01:57

ކުރިއަރަމުން އަންނަ ވާހަކަލިޔުންތެރިޔާ އަޒްކީގެ އާ ވާހަކައެއް ދުވަސް ނޫހުގައި މާދަމާ ފަށަން ނިންމައިފިއެވެ.

އަޒްކީގެ ވާހަކަތަކަކީ ކިޔުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ ވާހަކަތަކެެކެވެ.

ދުވަސް ނޫހުގައި މާދަމާ ފަށާ ވާހަކައިގެ ނަމަކީ "މަންޒިލް ތިޔޭ" އެވެ. އަޒްކީ ބުނީ މި ވާހަކައިގެ ޕްލޮޓް އަދި ބާއްވަން ބޭނުންވަނީ ސަސްޕެންޝަނެއްގައި ކަމަށެވެ.

މިއީ އަޒްކީ ދުވަހަށް ލިޔެދޭ ދެވަނަ ދިގު ވާހަކައެވެ. އެންމެ ފަހުން ގެނެސްދިން ވާހަކައަކީ "އެދެވޭތީ އަދު ބުނަމޭ" މި ވާހަކައެވެ. މި ވާހަކައިގެ 42 އެޕިސޯޑް ވަނީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އެ ވާހަކައަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަކަން ދުވަސް ނޫހުން ފާހަގަކުރެއެވެ.

ކުރީގެ ވާހަކައެކޭ އެއްގޮތަށް އަލަށް ފަށާ ވާހަކަވެސް ގެނެސްދޭން ނިންމަނީ ހަފްތާގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައެވެ. ހަފްތާގެ ތިން ދުވަހު ކޮންމެ ދުވަހަކު ވާހަކައިގެ އާ އެޕިސޯޑެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމުގައި އަޒްކީ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް