އައްޒައަށް 33 އަހަރު، މުއާ ބުނީ އެއީ ހަމަ އެއްވަނަ ކަމަށް!

މިއަދަކީ މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަގެ 33 ވަނަ އުފަން ދުވަހެވެ. އައްޒަގެ އުފަން ދުވަހުގެ ކޭކު ފެޅުމުގެ ހަރަކާތްތައް ރޭ 12 ޖެހުމާއި އެކު ފެށިފައިވާއިރު އައްޒަގެ އިންސްޓަގްރާމްގައި ވަނީ އަމިއ...

19 Apr 2022 | 20:44

މިއަދަކީ މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަގެ 33 ވަނަ އުފަން ދުވަހެވެ.

އައްޒަގެ އުފަން ދުވަހުގެ ކޭކު ފެޅުމުގެ ހަރަކާތްތައް ރޭ 12 ޖެހުމާއި އެކު ފެށިފައިވާއިރު އައްޒަގެ އިންސްޓަގްރާމްގައި ވަނީ އަމިއްލައަށްވެސް އުފަންދުވަސް އައިކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން އުމުރުން 33 އަހަރުވީތީ މާތް ﷲ އަށް ހަމްދުކޮށް ޕޯސްޓެއް ކޮށްފައިވެ އެވެ.

އެ ޕޯސްޓަށް ހާއްސަކޮށް އައްޒަ ހެދުމެއް ފަހައި ފޮޓޯ ނަގާފައިވާއިރު އައްޒަ ބުނީ އެ ފޮޓޯ އެޑިޓްކޮށް ދިނީ ފިރިމީހާ އަބްދުﷲ މުއާޒު ކަަށެވެ. އެ ފޮޓޯގައި އައްޒަ ހުރީ އެކި ކުލަ ކުލަ ހިމެނޭ ފޮތީގެ ގައުންއެއް ލައިގެން ފުއްޕާހަންތަކެއް ހިފައިގެންނެވެ.

https://www.instagram.com/p/Cci2cGesBfO/

އައްޒަގެެ ޕޯސްޓަށް ގިނަ ބަޔަކު ދަނީ ކޮމެންޓުކޮށް އައްޒައަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. އަދި ފިރިމީހާ މުއާ ވަނީ ހާއްސަކޮށް އައްޒައަށް ތަހުނިޔާ ކިޔާފައި އެވެ.

މުއާ ބުނީ އައްޒައަށް ބާއްޖަވެރި އުފަން ދުވަހަކަށް އެދޭ ކަމަށެވެ. އަދި އެކުގައި ދެމީހުން ހޭދަ ކުރާ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް ކަމަށާއި އެއީ ހަމަ އެއްވަނަ ކަމަށެވެ.

https://www.instagram.com/p/Cciy4MtJU7w/

ކޮންމެ އަހަރެއްގައިވެސް އައްޒަގެ އުފަން ދުވަހަކީ އާއިލާ އާއި ރަހުމަތްތެރިންނާއި ސަޕޯޓަރުން ވަރަށް ފާހަގަ ކުރާ ދުވަހެކެވެ. ހާއްސަކޮށް އައްޒަ ފަޅާ ކޭކުތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކަމެކެވެ.

އައްޒަގެ މަސައްކަތުގެ ދާއިރާއަށް ބަލާއިރު މިހާރު މަސައްކަތް ކުރަމުންދަނީ ރޯދަ މަހަށް ހާއްސަކޮށް ރާއްޖެ ޓީވީން ދައްކާ "ސެލެބްރިޓީ ރޭސް ސީޒަން 2" ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް