ކާޑާއި ތެލުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކާޑުގެ ބާވަތްތަކާއި، ޕެޓްރޯލް އަދި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ...

20 Apr 2017 | 11:38

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކާޑުގެ ބާވަތްތަކާއި، ޕެޓްރޯލް އަދި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ުއަހުމަދު ޝަހީރު ވިދާޅުވީ، ކާޑާއި ތެލުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ނިންމީ އެތަކެތި އެތެރެކުރުމަށް ކުރާ ހަރަދުތަކާއި ސަރުކާރުން ދައްކަން ޖެހޭ ފައިސާ މިހާރަށް ވުރެ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމުން ކަމަށެވެ. އަދި ސަރުކާރުން އެސްޓީއޯ އަށް ދޭންޖެހޭ އެކި ޕޭމަންޓްތައް މިހާރަށް ވުރެ ރަނގަޅަށް އަދި ހާއްސަ ގޮތަކަށް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާއި އެކު ދެން ހަޑޫ އަދި ހަކުރު ކިލޯއަކުން ވަނީ 15 ޕަސެންޓު ހެޔޮކޮށްފައި އެވެ. އަދި ފުށްކިލޯއަކުން ވަނީ 12 ޕަސެންޓު އަގު ހެޔޮކޮށްފައި އެވެ. މި ބަދަލާއި އެކު  ހަނޑޫ އަދި ހަކުރު ބަސްތާއަކުން 60ރ. ހެޔޮވާއިރު  ފުށް ބަސްތާއަކުން 35ރ. ހެޔޮވާނެއެވެ.

ތެލުގެ ބާވަތަށް ބަލާލާއިރު، ޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކުރަން އެސްޓީއޯ އިން ވަނީ ނިންމާފައެވެ.

މި ބަދަލާއެކު، މި ސަރަހައްދުގައި ކާޑުގެ އަގު، އެންމެ ހެޔޮ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ޝަރީހު ވިދާޅުވިއެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް