ދަރަނި އަދާކޮށްފައި އޮތުމުން ނަދީމްގެ މައްސަލަ ނުބަލަން ނިންއިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ ދަރަނީގެ މައްސަލަ ނުބަލަން ސިވިލް ކޯޓުން ނިންމައިފި އެވެ. ނަދީމުގެ މައްޗަށޤ ސިވިލް ކޯޓުގައި އުފުލާފައިވާ ދައުާއަކީ ސާބިތު ...

20 Apr 2017 | 09:56

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ ދަރަނީގެ މައްސަލަ ނުބަލަން ސިވިލް ކޯޓުން ނިންމައިފި އެވެ.

ނަދީމުގެ މައްޗަށޤ ސިވިލް ކޯޓުގައި އުފުލާފައިވާ ދައުާއަކީ ސާބިތު ދަރަންޏެއް އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުން ނުދައްކާ އޮތް މައްސަލައެކެވެ. ނަދީމް ކޯޓަށް ހާޒިރުކޮސްފައިވަނީ ފުލުހުްނގެ ބެލުމުގެ ދަށުންނެވެ. އެއީ އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި އޮތުމުންނެވެ.

ކޯޓުން ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަދީމް ވިދާޅުވީ އެ ދަރަނި ދައްކާފައިވާތީ އެ މައްސަލަ ނުބަލަން ނިންމާފައިވާކަން ކޯޓުގެ އިދާރީ މުވައްޒަފަކު ވިދާޅުވި ކަމަށެވެ.

ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ނުވަތަ ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވިއްޖެ ނަމަ އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ. އެގޮތަށް މީހުން ހާޒިރު ކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ.

އެކަމަކު އޭނާ ވަނީ ކޯޓަށް ހާޒިރުވާން މީގެ ކުރިން ޗިޓު ލިބިފައި ނުވާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް