އޭސިއާގެ އެންމެ ބޮޑު އެކަޑެމިކް އެއް އިންސްޓިޓުޓާއެކު ސައިރިކްސް ކޮލެޖުން އެއްބަސްވުމެއްގައި ސޮއި ކޮށްފި

ކޮންމެ ދިވެއްސަކީ ގްރެޖުއޭޓަކަށް ހެދުމުގެ އަމާޒާ އެކު މަތީތަޢުލީމަށް ހުރި ފުރުޞަޠުތައް ފަހިކޮށްދިނުމަށް ސައިރިކްސް ކޮލެޖުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ސައިރިކްސް ކޮލެޖާއި އޭޝިޔާގެ އެންމެ ...

20 Apr 2017 | 09:36

ކޮންމެ ދިވެއްސަކީ ގްރެޖުއޭޓަކަށް ހެދުމުގެ އަމާޒާ އެކު މަތީތަޢުލީމަށް ހުރި ފުރުޞަޠުތައް ފަހިކޮށްދިނުމަށް ސައިރިކްސް ކޮލެޖުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ސައިރިކްސް ކޮލެޖާއި އޭޝިޔާގެ އެންމެ ބޮޑު އެއް އެކަޑަމިކް އިނިސްޓިޓިއުޝަން، އޭޝިޔާ އެކްސް ޗޭންޖް އާ ދެމެދު އިއްޔެ އެއްބަސްވުމެއްގައިސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ސައިރިކްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޗެއަރމަން އަޙުމަދު ޝަރީފް އެވެ. އޭޝިޔާ އެކްސްޗޭންޖް ގެ ފަރާތުން ސޮއިކުރެއްވީ އެކަޑަމިކް ޑައިރެކްޓަރ ތޯމަސް ކައުޕިނެން އެވެ.

ސައިރިކްސް ކޮލެޖުން ހާމަކުރާގޮތުގައި މަތީ ތައުލީމުގެ ދާއިރާއިން ސައިރިކްސް ކޮލެޖުން ގިރާކުރަމުންދާ ހަރުފަތްތަކުގެ ތެރެއަށް އިއްޔެ އިތުރުވެގެން މިދިޔަ ހަރުފަތުގެ ސަބަބުން، އޭޝިޔާގެ އެތައް ޤައުމުތަކެއްގައި ހިންގާ އެތައް ކޮލެޖު / ޔުނިވަރސިޓީތަކެއްގައި ސައިރިކްސް ކޮޖެލުގެ ދަރިވަރުންނަށް ކިޔެވުމާއި، ތަމްރީނު ހޯދުމާއި، އިންޓަރންޝިޕަށް ދިޔުމުގެ ފުރުޞަޠު ލިބޭނެއެވެ. މިފުރުޞަޠުގެ ދަށުން، އޭޝިޔާ އެކްސްޗޭންޖުގެ މެންބަރު ކޮލެޖު / ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ރާއްޖެ އައިސް ސަރިކްސް ކޮޖެލުގައި އިންޓަރންޝިޕް ހެދުމާއި، ސެމެސްޓަރ ފުރިހަމަ ކުރުމާއި، ދިވެހި ޘަޤާފަތް ދެނެގަތުން ފަދަ ފުރުޞަޠުތައްވެސް ލިބިގެންދާނެއެވެ. އަދި ސައިރިކްސްއާއި މެންބަރު އެހެން ކޮލެޖު / ޔުނިވަރސިޓީތަކާ ގުޅިގެން އިލްމީ ފޯރަމްތައް ބޭއްވުމާއި، ސިމްޕޯސިއަމް، ސެމިނަރ ފަދަ ހަރަކާތްތައް ހިންގުމާއި އަދި އެކިއެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންގެ ލެކްޗަރތައް ބޭއްވުމުގެ ފުރުޞަޠު ލިބޭނެއެވެ. އަދި ހަމައެހެންމެ ތަޢުލީމީ ދާއިރާއާއި ގުޅުންހުރި އާ ޕްރޮގްރާމުތައް ތަޢާރަފުކުރުމާއި، ޓެކްނިކަލް އަދި އިދާރީ މުއައްޒަފުން ތަމްރީނު ކުރުމުގެ ފުރުޞަޠުތައްވެސް ފަހިވެގެން ދާނެއެވެ.

އޭޝިޔާ އެކްސްޗޭންޖް އަކީ، ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ، ތައިލޭންޑް، އިންޑޮނީޝިޔާ އަދި މެލޭޝިޔާގެ އެކިއެކި ކޮލެޖު / ޔުނިވަރސިތީތަކާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ.

ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ދުވަސްވީ ކޮލެޖަށް ވުމުގެ އިތުރުން، ކިޔަވައިދިނުމުގެ ދާއިރާއިން އެތައް ކާމިޔާބީތަކަކާއި އެތައް އެވޯޑްތަކެއް ހޯދާފައިވާ އިތުބާރު ހިފޭ ކޮލެޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް