ހަ އަހަރު ދުވަހުގެ މަރާމާތައްފަހު ތިން ވޯލްޑް ރެކޯޑާއި އެކު ލޮޓޭ ވޯލްޑް ޓަވަރު މި މަހު ހުޅުވަން ނިންމައިފި އެވެ..
ދިގުމިނުގައި 1820 ފޫޓު ހުންނަ ލޮޓޭ ޓަވަރަކީ ސައުތު ކޮރެއާގައި ހުރި އެއްމެ ދިގު ޓަވަރެވެ. އަދި އެއީ ދުނިޔޭގެ ފަސްވަނަ އަށް އެއްމެ އުސް ޓަވަރެވެ.
ޓާވަރުގައި ހަރުކޮށްފައިވަނީ ދުނިޔޭގެ އެއްމެ ބޮޑު އަދި އެއްމެ އަވަސް ލިފްޓުތަކެވެ. އެ ލިފްޓުތަކުން ތިރީގެ ބޭސްމަންޓުގައި ހުރެފައި 121 ވަނަ ފަނގިފިލާ އަށް އެއް މިނެޓު ތެރޭގައި ދެވޭނެ އެވެ.
މި ލިފްޓުތަކުގައި 52 މީހުންގެ ޖާގަ ހުންނަ ކަމަށާއި މި ފަދަ ލިފްޓުތައް ބްރިޖްޚަލީފާ، ޕެޓްރޯނަސް ޓާވަރު ފަދަ އުސް އިމާރާތްތަކުގައި ބޭނުންކުރެވިފައި ވާކަމަށް ލިފްޓު ބެހެއްޓި އެމެރިކާގެ "އޯޓިސް އެލިވޭޓާ" އިން ވަނީ ބުނެފަ އެވެ.
ލިފްޓު ތަކުގެ ތެރޭގައި ސިއޯލްގެ އެކި ތަންތަން އެތާގެ ހަރުކޮށްފައިވާ ޑިސްޕްލޭ ތަކުގެ ސަބަބުން ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް