ދިވެހި ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލޭގައި އޮންނާނެ އެވެ.
އެމްއެންޑިއެފުން ބުނީ ހިނގާލުން ފެށޭނީ ހަވީރު 4:15 ގައި ކަމަށެވެ. ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރުގޭޓުން ނުކުމެގެން އަމީނީމަގުން އިރަށްގޮސް، ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮއްޓަށް ވަންނަގޮތަށް ކަމަށެވެ.
އަދި ބައެއް މަގުތަކުގައި މަޑުކޮށް ބޭންޑުް މިއުޒިކް ކުޅޭނެ ކަމަށް ބުނެ އެވެ. އެގޮތުން ސިއްތިމާވާ ހިނގުން އަމީނީމަގާއި ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައާއި، ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކުރިމައްޗަށް އަދި މެރީބްރައުން ކުރިމަތީގަ މަޑުކޮށް ބޭންޑުން ިއުޒިކް ކުޅޭނެ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރު މިހިގާލުން ކުރިޔަށްގެންދިޔައީ ހުޅުމާލޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް