ރަށްރަށުގައި ބަކަރި ގެންގުޅެން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަނީ

އަތޮޅު ތެރޭގެ ރަށްރަށުގައި ބަކަރި ގެންގުޅެން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ދެމެހެއްޓެނި...

20 Apr 2017 | 08:14

އަތޮޅު ތެރޭގެ ރަށްރަށުގައި ބަކަރި ގެންގުޅެން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔާގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ރަށެއްގެ ކައުންސިލް، ޖަމިއްޔާތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ހިންގައި ދިނުމަށް މިނިސްޓްރީގެ އޮފިޝަލުން އެ ރަށްރަށަށް ދާނެ ކަމަށާއި އެކަމަކު އެކަމަށް އެދޭ ރަށްރަށުގައި ބައެއް އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ބަކަރި ކޮށި އަޅާނެ ތަކެތި ދިނުމުން އަމިއްލ ހަރަދުގައި އެކަން ކުރެވުނުން

މީހުން އުޅޭ ސަރަހައްދާ 300 ފޫޓު ދުރުން ބަކަރި ގެންގުޅޭނެ ހިޔާބޯ ސަރަހައްދެއް އޮތުން

ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު އަދި ޒުވާނުންގެ ހިއްސާ

އެ ރަށަކުން ބަކަރިއަށް ބޭނުންވާ ކާނާ ލިބޭ މިންވަރު

ބަކަރި މަދުން ގެންގުޅޭ ރަށްރަށަށް އިސްކަން ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށްއެ މިނިސްޓްރީން ބުނެ އެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް