ވެނެޒޫލިއާ (އޭޕްރީލް 20) - ވެނެޒޫލިއާގެ ރާއީސް ނިކޮލަސް މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާއެއްގައި ތިން މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހަގު އުމުރުގެ ފިރިހެން ކުއްޖާކާއި އަންހެނަކާއި އަދި ފިރިހެނެއް ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
މި މުޒާހަރާއަކީ ވެނެޒުއޭލިއާގެ ރައްޔިތުން އެޤައުމުގައި އާ ރީޔާސީ އިންތިޚާބެއް ބޭއްވުމަށް ގޮވާލާއި ކުރި މުޒާހަރާއެކެވެ. އަދި ހައްޔަރުކޮށްފައިވާ އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށްވެސް މި މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.
ވެނެޒުއޭލިއާގެ ފުލުހުންނަށް ޙަމަލާދިންކަމުގެ ތުހުމަތުގައާއި ފިހާރަތަކެއް ލޫޓުވިކަމުގެ ތުހުމަތުގައި 30 ށް ވުރެ ގިނަ އިދިކޮޅު ސިޔާސީ ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމަކަށް ވެލެޒޫނިއާ ވިޔަސް ފާއިތުވެދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި އެ ޤައުމުގެ އިންފުލޭޝަން ރޭޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކުށްކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ކާ އެއްޗެހި ލިބުމުގައި އެ ޤައުމުގެ ރައްޔިތުންނަށްވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް