ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސެރީނާ ރެކޯޑް މުގުރާލި އިރު ބަނޑުބޮޑު

ދުނިޔޭގެ ދެވަނަ އަދި އެންމެ އަގު ބޮޑު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް 23ވަނަ ގްރޭންޑް ސްލޭމް ރެކޯޑް މުގުރާލައިފައި ވަނީ އޭނާ ބަނޑުބޮޑު އިރުގައި ކަމަށް ބެލެވިއްޖެ އެވެ. އުމުރުން 35 އަހަރުގެ ސެރީނ...

20 Apr 2017 | 06:34

ދުނިޔޭގެ ދެވަނަ އަދި އެންމެ އަގު ބޮޑު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް 23ވަނަ ގްރޭންޑް ސްލޭމް ރެކޯޑް މުގުރާލައިފައި ވަނީ އޭނާ ބަނޑުބޮޑު އިރުގައި ކަމަށް ބެލެވިއްޖެ އެވެ.

އުމުރުން 35 އަހަރުގެ ސެރީނާ ވަނީ އޭނާގެ ބަނޑުބޮޑުކަން މިހާރު އާންމުކޮށްފައި އެވެ. އެހެންނަމަވެސް އޭގެ ކުރިން ސްނެޕްޗެޓުގައި ސެރީނާ ކުރި ސްނެޕެއްގައި ވަނީ "20 ހަފްތާ" މިހެންޖަހާފަ އެވެ. އޭގެ ފަހުގައި އެ ސްނެޕް އޭނާ ވަނީ ޑިލިޓްވެސް ކޮށްފަ އެވެ.

ސެރީނާ އޭނާގެ ރެކޯޑް މުގުރާލިތާ މިވަނީ 12 ހަފްތާ އެވެ. އަދި އޭނާގެ ސްނެޕުން އޭރު އޭނާގެ ބަނޑަށް އަށް ހަފްތާ ވެފައިވާކަން އެނގެ އެވެ.

އަންނަ ހަފްތާ އޮންނަ ގޭމުގައި ސެރީނާ ދުނިޔޭގެ އެއްވަނަ އަށް އަރާނެކަމަށް ލަފާކުރެވުނަސް އޭނާ ދެން އަންނަ ސީޒަންތަކުގައި ނުކުޅޭނެ ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ. ސެރީނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ އޯޓާމް ގައި ކަމަށް އޭނާގެ "ސްޕޯކްސް ޕާރސަން" ވަނީ ބުނެފަ އެވެ.

މި ހަބަރު އާއްމުވުމާއެކު ގިނަ ބަޔަކު މީހުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް