މިސްކިތެއް ތަޅާލި މައްސަލައެއްގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަނީ

އިންޑިއާގެ މިސްކިތެއް ސުންނާފަތިކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ، އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ (ބީޖޭޕީ)ގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިންޑިއާގެ މަތީ ކޯ...

19 Apr 2017 | 19:39

އިންޑިއާގެ މިސްކިތެއް ސުންނާފަތިކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ، އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ (ބީޖޭޕީ)ގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިންޑިއާގެ މަތީ ކޯޓަކުން އަމުރުކޮށްފިއެވެ.

އެ އަމުރުގައި ބުނެފައިވަނީ ބީޖޭޕީގެ ކުރީގެ ޗީފް ލާލް ކުރިޝްނާ އަދްވާނީ އާއި އޭނާގެ އަރިހުގައި މަސައްކަތް ކުރި ބައެއް މީހުންގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދިއުމަށެވެ. އަދި މި ޝަރީޢާތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ޝަރީއަތް ކުރިއަށްގެންދިއުމަށް އަމުރުކޮށްފައިވާ މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 1992 ވަނަ އަހަރު އިންޑިއާގެ ރަށެއްކަމަށްވާ އަޔޯދާގައި ހުރި ބަބްރީ ނަމަކަށް ކިޔާ މިސްކިތަކައް ގެއްލުންދިނުމަށް ހިންދޫ ދީނުގެ މީހުނަށް ހިތްވަރުދިނުމެވެ. މި ހަމަނުޖެހުމުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް މި ތުހުމަތައް އެ ފަރާތްތަކުން އަންނީ އިންކާރު ކުރަމުންނެވެ.

ހިންދޫ މީހުން ޤަބޫލުކުރާ ގޮތުގައި އެ މިސްކިތް ހުރިބިމަކީ އެމީހުންގެ ވަރަށް މާތް ކަލާނގެއެއް އުފަންވި ބިމެވެ. އަދި ކުރީގައި އެތަނުގައި ހިންދޫ ފައްޅިއެއް ހުރިކަމަށާއި ނަމަވެސް 16 ވަނަ ޤަރުނުގައި  މުސްލިމުން އެތަނަށް ވެރިވެގަނެ، ފައްޅި ތަޅާލީކަމަށެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް