ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފި

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާޥެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފިއެވެ. ފުލުހު...

20 Apr 2015 | 11:06

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާޥެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވަނީ މި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާއި މި ރަސްމިއްޔާތުގައި ޕޮލިސް ރިޕޯޓް ދޫކުރުން ފައްޓަވާ ދެއްވީ ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާޢު ކަމަށެވެ.

މިރަސްމިއްޔާތުއި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި ބާރަށުން ޕޮލިސް ރިޕޯޓް ދޫކުރަން ފެށުމާއެކު ކުރިން ޕޮލިސް ރިޕޯޓް ހޯދުމަށް ކުރަމުން އައި މަސައްކަތަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ބާރަށު ޕޮލިސް ސްޓޭޝަން އިންޖާޗް ޕޮލިސް ސ. ސާޖަންޓް ޢަބްދުއްރަޙީމް ޔޫސުފް  ދެއްކެވި ވާހަކަފުޅުގައި ބާރަށުގައި ފުލުހުންގެ މަރުކަޒެއް ހުޅުވިގެންދިޔާތާ އެއް އަހަރު ތެރޭގައި މިފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާކަމީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަމަށާއި މި މަސައްކަތްކޮށްދެއްވި އަދި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާޢު ވަނީ ޕޮލިސް ރިޕޯޓް ދޫކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުލަ ޕްރިންޓަރެއް ބާރަށު ޕޮލިސް ސްޓޭޝަނަށް ހަދިޔާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ބާރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައިވާއިރު މި ޚިދުމަތަކީ ފުލުހުންގެ ޙިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެކެވެ. އަދި މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް