ހުޅުމާލޭގައި ކެމްޕޭން މެޓީރިއަލް ހަރުކުރާނަމަ ބައެއް ކަންކަމަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކެމްޕޭނު މެޓީރިއަލް ހަރުކުރާނަމަ އެކަން ކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޑީސީން އެކަން ހާމަކޮށ...

19 Mar 2024 | 21:56

ހުޅުމާލޭގައި ކެމްޕޭނު މެޓީރިއަލް ހަރުކުރާނަމަ އެކަން ކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން އެކަން ހާމަކޮށްފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިން ބެނާރ އާއި ކެންވަސް ޖެހުމާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެޗްޑީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ބޭއްވޭ އާއްމު އިންތިހާބުތަކާ ގުޅިގެން ކެންޕެއިން ބޭނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު، ހުރިހައި ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބާގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އެކި ސަރަހައްދުގައި ހަރުކުރަމުންދާ ބެނާރ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު، އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރ އިން ކަނޑައަޅާފައިވާ ނެޓްވާކް ތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ. އެއީ، ޕޯސްޓަރ ތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫ ތަކާއި ކުރިމަތިލާންޖެހިދާނެތީއެވެ." އެޗްޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި މިފަދަ ކެންވަސް ތަކާއި ބެނާރތައް ހަރުކުރާ ފަރާޓްތައް މި ކަމަށް ސަމާލުވެލައްވައި، ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުއްދަ ހޯއްދަވައި، ކޯޕަރޭޝަންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ދަންނަވާކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ބިޒްނަސް ސޮލިއުޝަނުގެ ނަމްބަރ 3355306 ނުވަތަ [email protected] އަށް އީމެއިލްކޮށް ދެއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް