ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އިލްހާމް އަހްމަދު އައްޔަނުކުރައްވައިފިއެވެ.
މިކަން ހާމަކުރަމުން ޖޭޕީން ބުނެފައިވަނީ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހްމަދު، ސްޕެޝަލް އެންވޯއީ ކަމުގެ މަގާމަށް މިއަދު ޖޭޕީގެ ލީޑަރު އައްޔަނުކުރައްވާފައިވާކަމަށެވެ.
އެ މަގާމަށް އިލްހާމް އައްޔަނުކުރައްވާފައިވާއިރު އިލްހާމް ރައްޔިތުންގެ މަޖިލީހުގައި އެއް ދައުރުގައި ގެމަނަފުށީ ދާއިރާގެ މެންބަރުކަން އަނެއް ދައުރުގައި ދަނގެތި ދާއިރާގެ މެންބަރުކަން ކުރައްވާފައިވެއެވެ. ޑީއާރުޕީ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވިއެވެ. އެފްއޭއެމްގެ ރައީސްކަންވެސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް