ސަލްމާން އެކަނި އެންމެ ފަހަރަކު ބޭރަށް ނުކުތަސް މަރާލާނެ ކަމުގެ އިންޒާރު ދީފި

ބޮލީވުޑްގެ ބަތަލް ސަލްމާން ހާން ދިރިއުޅޭ ގެއިން އެކަނި، އެންމެ ފަހަރަކު ބޭރަށް ނުކުތަސް މަރާލާނެ ކަމުގެ އިންޒާރު ދީފި އެވެ. އޭނާއަށް އިންޒާރު ދިނީ އިންޑިއާގެ މަޝްހޫރު އަދި ނުރައްކާތެރި ގޭންގު ލީޑަރު ލ...

20 Mar 2023 | 14:28

ބޮލީވުޑްގެ ބަތަލް ސަލްމާން ހާން ދިރިއުޅޭ ގެއިން އެކަނި، އެންމެ ފަހަރަކު ބޭރަށް ނުކުތަސް މަރާލާނެ ކަމުގެ އިންޒާރު ދީފި އެވެ.

އޭނާއަށް އިންޒާރު ދިނީ އިންޑިއާގެ މަޝްހޫރު އަދި ނުރައްކާތެރި ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއީއާ ގޯލްޑީ ބްރާރް އަދި ރޯހިތު ގަރްގްއެވެ. ބިޝްނޯއީ އަކީ ޕަންޖާގެ ސީޔާސީ ލީޑަރު އަދި ޕޮޕް ލަވަކިޔުންތެރިޔާ މޫސޭ ވާލާ ގަޔަށް ބަޑި ޖަހާ ބަރާލި ގޭންގު ލީޑަރެވެ.

އީމެއިލް މެދުވެރިކޮށް ދިން އިންޒާރުގައި ބުނީ ސަލްމާން އެމީހުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށެވެ. މައާފަށް އެދެން ދާން ޖެހޭނީ ރާޖަސްތާނުގެ ބިކަނާގައި ހުންނަ ހިންދޫންގެ ފައްޅިއަކަށް ކަމަށް ބުނެފައިވެ އެވެ.

އެމީހުންގެ މިހާރުގެ ދިރިއުޅުމުގެ ހަމައެކަނި ގޯލަކީ ސަލްމާން މަރާލުން ކަމަށާއި އެންމެ ފަހަރަކުވެސް ސެކިއުރިޓީ އާއި ނުލާ ގެއިން ބޭރަށް ނުކުމެއްޖެ ނަމަ މަރާލާނެ ކަމަށް ބުންޏެވެ. އެކަމަކު ސަލްމާން މައާފަށް އެދިއްޖެ ނަމަ މައްސަލަ ހައްލުވީ ކަމަށް ބުންޏެވެ.

ސަލްމާން މަރާލަން ބިޝްނޯއީއާ އޭނާގެ ބައިވެރިން ބޭނުން ވަނީ އޭނާގެ ހަރުކަށިކަމުންނާއި ރުންކުރު އަދި ގޮތްދޫނުކުރުމުގެ ސަބަބުންނެވެ. އެ ރުޅިވެރިކަމަކީ ބްލެކްބަކް ކިޔާ ހިމާޔަތްކޮށްފައިވާ ޖަނަވާރުތަކެއް މަރާލިކަމުގެ ތުހުމަތު ސަލްމާންގެ މައްޗަށް ކުރެވި އެކަމުގެ ޝަރީއަތް ގިނަ އަހަރު ތަކަކަށް ދެމިގެން ގޮސް މި މައްސަލައިގައި އޭނާ ކުށްވެރި ނުވާ ކަމަކަށް ކޯޓުން އިއްވި ހުކުމާ ގުޅުން ހުރި ކަމެކެވެ.

ލޯރެންސް ބިޝްނޯއީ އަކީ އެ ބްލެކްބަކްތައް ދިރިއުޅުނު ޖަންގަލީގެ ސަރަހައްދުގެ ހިސާބަކަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ. އެކަމަކު މޫސޭ ވާލާގެ މަރުގެ މައްސަލައިގަ ބިޝްނޯއީ ހުރީ ހައްޔަރުކޮށް ޖަލުގައި އެވެ.

އީމެއިލް މެދުވެރިކޮށް ދިން އިންޒާރާއި ގުޅިގެން ސަލްމާން ވަނީ ސެކިއުރިޓީ އިތުރުކޮށް، މުމްބާއީ ފުލުހުންގެ ހިމާޔަތަށް އެދިފައި އެވެ. ފުލުހުން ވަނީ އެގޭ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް