ޖޭޕީގެ ރަނިން މޭޓަކަށް ފާރިސްވުމުގެ ފުރުސަތު ބޮޑު: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓަކަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވުމުގެ ފުރުސަތު ބޮޑު ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އެ ދެ ބޭފުޅުން ބައްދަލު ކުރެއްވ...

20 Mar 2023 | 12:53

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓަކަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވުމުގެ ފުރުސަތު ބޮޑު ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެ ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ފާރިސް އަކީ ރަނިން މޭޓަކަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމުމާ އެކު އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމާ މެދު އެމްއާރުއެމާ އެކު މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ އެކަމަކު މަޝްވަރާ ކުރެވުނު ކަންކަމުގެ އިތުރު ތަފްސީލް ނުދެއްވަ އެވެ.

ގާސިމް މިއަދުވެސް ވިދާޅުވީ ޖޭޕީގެ މިނިސްޓަރުންނާއި ވެރިން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް