އެމްއާރްއެމްއިން ކެނޑިޑޭޓެއް ނެރުމަކީ ވަރަށް ގާތް ކަމެއް: ފާރިސް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިންވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަކީ ވަރަށް ގާތް ކަމެއް ކަމުގައި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ މިއަދު ...

20 Mar 2023 | 10:26

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިންވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަކީ ވަރަށް ގާތް ކަމެއް ކަމުގައި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީން އެމްއާރްއެމްއާއެކު މަޝްވަރާކޮށްފައިވާއިރު އެ މަޝްވަރާތަކަށްފަހު ދުވަހަށް މައުލޫމާތު ދެއްވަމުންނެވެ.

"ރިޔާސީ އިންތިހާބަށް އެމްއާރްއެމްއިން ކުރިމަތިލުން ހަމަ ވަރަށް ގާތް ކަމެއް، އަދި ނެތް އެއްވެސް ބަޔަކާއެކު އެއްބަސްވުމެއް" ފާރިސް ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކާއި ގުޅޭގޮތުން ފާރިސް ވިދާޅުވީ މިއަދުގެ އެ ބައްދަލުވުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ދައުވަތަކަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށާއި އެކަމަށްޓަކާ ގާސިމް އަށް ފާރިސް އަދި ރައީސް މައުމޫންވެސް ޝުކުރު ދަންނަވާކަމަށެވެ.

"ގައުމު އިސްލާހު ކުރުމަށް ކުރަން ހުރި ކަންކަމާއި މިހާރު މި އޮތް ކޯލީޝަންގެ ކަންކަން ކުރިއަށްދާގޮތުގެ ތަޖުރިބާ ހިމެނޭހެން ވަރަށް ދިގުކޮށް ވާހަކަދެކެވުނު މިއަދުވެސް" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްޑީޕީ އަދި ޖޭޕީއާއެކުގައިވެސް އަދި އެއްވެސް އެއްބަސްވުމަކަށް ނާންނަކަމަށާއި އިތުރަށް މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މަޝްވަރާތައް އެހެން ޕާޓީތަކާއިއެކުގައިވެސް ކުރިއަށްދާނެ ކަމަށެވެ. ނުރަސްމީ ބައެއް މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް