އެމްއައިބީގެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި އެވެ. އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އެ ބޭންކުގެ 12 ވަނަ އަހ...

20 Mar 2023 | 09:05

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި އެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އެ ބޭންކުގެ 12 ވަނަ އަހަރީ ދުވަހާއި ދިމާކޮށް މއ. ފާމުދޭރިގޭގަ އެވެ.

އެމްއައިބީން ބުނީ މި އޭޓީއެމުން ދުވާލަކު 1،000 ޑޮލަރު ނެގޭއިރު ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭނެ ކަމަށެވެ.

އަދި ޑޮލަރު އޭޓީއެމްގައި މި ވަގުތު ބޭނުންކުރެވޭނީ އެ ބޭންކްގެ ޕްލެޓިނަމް ކާޑު ކަމަށް އެމްއައިބީން ބުނެފައި ވެއެވެ. މީގެ އިތުރުން އެމްއައިބީން ބުނީ ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެ ކަމަށެވެ.

އެމްއައިބީން މާލޭގައި ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމް އެއް ބަހައްޓާފައި ވާއިރު ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ޑޮލަރު އޭޓީއެމްތަކެއް ހިންގާތާ ވަނީ ގިނަ  އަހަރުތަކެއް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް