މާރާމާރީ ހިންގި މީހަކު ފޮރުވައިގެން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފި

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ މީހަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. އެމީހުން ހައްޔ...

20 Mar 2023 | 08:11

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ މީހަކު ފޮރުވައިގެން އުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

އެމީހުން ހައްޔަރު ކުރީ މާލެ ސަރަހައްދުންނެވެ.

ފުލުހުން މިއަދު ބުނީ އެމީހުން ހައްޔަރު ކުރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލަ އެއްގައި ހޯދަން އިއުލާނު ކޮށްފައިވާ ސ. މަރަދޫ ފޭދޫ/ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމް، ފޮރުވައިގެން އުޅުނު މައްސަލައިގަ ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރީ ފަސް ދިވެހި ފިރިހެނުންނެވެ.

އެމީހުންގެ އިތުރުން ފައިހް ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އޭނާ ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ އަދިވެސް ނުފެންނަ ކަމަށްބުނެ މިމަހުގެ 16 ވަނަ ދުވަހު ފުލުހުން އަނެއްކާވެސް އާންމުންގެ އެހީތެރިކަމަށް އެދުނެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް